ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ - ފާދިއްޕޮޅު ދަތުރު

ކައުންސިލްގެ ރައީސް އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސާ
ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ - ފާދިއްޕޮޅު ދަތުރު
ޅ. ހިންނަވަރު ކައުންސިލާ ބައްދަލުކުރުމާއި ފަހުމުނާމާގައި ސޮއިކުރުން - 22 ފެބްރުއަރީ 2023
މި ބައްދަލުވުމުގައި ކޮމިޝަންގެ ދައުރާ ގުޅޭގޮތުން ބްރޯޑްކޮމް ޓީމުން މަޢުލޫމާތު ޙިއްސާކުރެއްވި. ކޮމިޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމުގައިވާ ރީބްރޯޑްކަސްޓްކުރުމުގެ ލައިސަންސް ނެތި ރަށްރަށުގައި މި ޚިދުމަތް ދިނުމުން ހުށަހެޅޭ މައްސަލަ ބެލުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުން ފާޅުކުރެއްވި . ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ރަށްރަށުގައި ތަޢާރަފްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުވުމުގައި ވަނީ ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ކަންކަން ރެގިއުލޭޓް ކުރުމުގައި ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމާއި، ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާއި ގުޅިގެން މައްސަލަތައް ބެލުމުގައި ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ އިތުރުން މި ދެ ދާއިރާއަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައި. މިއީ ކޮމިޝަނާ ރަށު ކައުންސިލަކާ ދެމެދު މިގޮތަށް ސޮއިކުރި ފުރަތަމަ ފަހުމުނާމާ.