ކައުންސިލް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލަކީ ޤާނޫނު ނަމްބަރ 7/2010 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން” އިން ބާރު ލިބިގެން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުވައްސަސާއެކެވެ. ހަމައެއާއެކު އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުގެ ބާރާއި އަދި އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚުސެކެވެ. ލާމަރުކަޒީ ޤާނޫނު ވުޖޫދުވުމާގުޅިގެން ކުރިން ހިންގަމުން އައި އެންމެހާ މަސައްކަތްތަކާއި އެންމެހާ ވަޞީލަތްތަކާއި، ހަރުމުދަލާއި، ތަންތަން އަދި މުވައްޒަފުން، ޤާނޫނުގައި އޮންނަ ހަމައިގެމަތިން ހިންނަވަރުގެ ކައުންސިލަށް ނަގުލުކުރެވިފައިވެއެވެ.

ތަސައްވަރު

ފާދިއްޕޮޅު ހިންނަވަރު ކައުންސިލަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ހަމަހަމަކަމާއި އިންސާފުވެރި ކަމާއެކު ރައްޔިތުންނަށް ލުއިފަސޭހަގޮތެއްގައި ޚިދުމަތްދިނުމުގައި ދެމިތިބެ، އަދި ހިންނަވަރަކީ ފުދުންތެރި، އުފާވެރި، އަދި ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުން.

އަމާޒު

ފާދިއްޕޮޅު ހިންނަވަރަކީ ދީނީ އެއްބައިވަންތަކަމަށް ލޯބިކުރާ، ވަޒީފާގެ ފުރުޞަތުތައް ފަހި، ޢިލްމީގޮތުން ޤާބިލް، އެކަށީގެންވާ ޞިއްޙީ ޚިދުމަތްލިބޭ، އުފެއްދުންތެރި، ތިމާވެއްޓާ ރައްޓެހި އަދި ޤާނޫނާ ޤަވާޢިދަށް ޙުރުމަތްތެރިކޮށްހިތާ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުން.

އިދާރީ އޮނިގަނޑު

ހިންގާ ޤަވާއިދު